Saturday, June 6 2020

މެލޭޝިޔާގެ އައިއައިޔޫއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

August 28, 2017

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަމްރީންކުރުމަށްޓަކައި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މެލޭޝިޔާއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓޫޑެންޓް/ސްޓާފް އެކްސްޗޭންޖް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަކީލުންނަށް ޚާއްޞަކުރެވޭ ޖިނާއީ ޤާނޫނުތަކުގެ ކުރު ކޯސްތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި މެލޭޝިޔާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރއާއި، މެލޭޝިޔާގެ އެޓަރނީ ޖެނެރަލްސް ޗެމްބަރގެ ބޭފުޅުންނާ ބައްދަލުކުރައްވައި ތަމްރީނާ ގުޅޭ މަޝްވަރާތަކާއި، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ހޯދުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ. އަދި މީގެ އިތުރުން، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި އެމްބެސަޑަރާއެކު ބައްދަލުވުމެއް ބާއްވަވާފައިވެއެވެ. 

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް މުވައްޒަފުން ޗައިނާއަށް ފުރައިފި
ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގައި ބައިވެރިވެއްޖެ