Friday, September 18 2020

ކޮލޯކިއަމް އޮން ކްރިމިނަލް ޖަސްޓިސް ސިސްޓަމް އެންޑް ކްރިމިނަލް ޕްރޮސީޖަރ އެކްޓް ގައި ބައިވެރިވެއްޖެ

September 17, 2017

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ގެ ތެރެއިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކުރެއްވި 'ކޮލޯކިއަމް އޮން ކްރިމިނަލް ޖަސްޓިސް ސިސްޓަމް އެންޑް ކްރިމިނަލް ޕްރޮސީޖަރ އެކްޓް' ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވެއްޖެއެވެ. މި ކޮލޯކިއަމް އަކީ 2017 ޖުލައި 2 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރުމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ފާހަގަކުރެވިފައިވާ އެކި ކަންކަމާ، ދިމާވާ އެކި ގޮންޖެހުންތަކާ، އެކަމަށް ހުށަހަޅާ ހައްލުތަކާމެދު މަޝްވަރާކުރުމުގެ މަޤްޞަދުގައި ކުރިއަށްދިޔަ ކޮލޯކިއަމް އެކެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިކޮލޯކިއަމްގެ ދެވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ. 'ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ތަންފީޛްކުރުމުގައި އިދާރީގޮތުން ދިމާވާ ދަތިތަކާއި ގޮންޖެހުންތައް' މިމައުޟޫޢަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގައި އެކި މަރުޙަލާގައި ފާހަގަކުރެވިފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ. މިކޮލޯކިއަމްގައި ބައިވެރިވެފައިވަނީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.


ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގައި ބައިވެރިވެއްޖެ
ސުޕްރީމްކޯޓުގެ އަހަރީ ޙަފްލާގައި ބައިވެރިވެއްޖެ