Thursday, December 3 2020

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު އައްޔަންކުރައްވައިފި

June 3, 2020

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު އައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛް ޢަބްދުﷲ ރާބިޢު މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އަލްއުސްތާޛް ޢަބްދުﷲ ރާބިޢު، ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 18 ފެބްރުވަރީ 2009 ދުވަހު މި އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި މި އޮފީހަށް ޚިދުމަށްކޮށްދެއްވަމުންނެވެ. އަލްއުސްތާޛު ޢަބްދުﷲ ރާބިޢުއަކީ މިވަގުތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން މިދާއިރާގެ އެންމެ ގިނަ ތަޖުރިބާ ހުރި އެއް ޤާނޫނީ ވަކީލެވެ.

އަލްއުސްތާޛް ޢަބްދުﷲ ރާބިޢު ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން ވިލާ ކޮލެޖުން ޝަރީޢާގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. އަދި ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަޙްޤީޤްކުރުމާބެހޭ ދާއިރާއާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ހިމެނެއެވެ.

 އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޛް ޢަބްދުﷲ ރާބިޢުގެ އިތުރުން، އަލްއުސްތާޛް ޙުސެއިން ނާޝިދާއި، އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، އަލްއުސްތާޛާ ޝަމްރާ ޝަމީމްއެވެ.

ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤްކުރުމުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައްވައިފި
ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ "ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު" ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ 2 ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި