ޚަބަރު

ޗައިނާގެ ސަފީރާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

05/03/2017

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މރ. ވަން ފޫކަންގ އާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ. މިބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ޔުނާން ޕްރޮވިންސަށް ކުރެއްވި ދަތުރުފުޅާގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރައްވައި ދެޤައުމުގެ ދެމެދުގައި ސޮއިކުރުމަށް އެދަތުރުފުޅުގައި އެއްބަސްވެފައިވާ ކޯޕަރޭޝަން އެގްރީމަންޓުގައި ސޮއިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިއެއްބަސްވުމަކީ ޕްރޮސިކިއުޝަން ދާއިރާގެ ކަންކަމުގައި ދެޤައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދެމެދުގައި ސޮއިކުރެއްވުމަށްޓަކައި މަޝްވަރާކުރެވޭ އެއްބަސްވުމެކެވެ. އެއެއްބަސްވުމުގެ ސަބަބުން ޕްރޮސިކިއުޝަންގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ޗައިނާގައި ތަމްރީންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.