ޚަބަރު

އައްޑޫ ގޮފީގެ ޕްރޮސިކިއުޓަރުންނަށް އަމާޒުކޮށް ތަމްރީންތައް ފަށައިފި

28/03/2017

ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ހިންގާ ތަމްރީން ޕްރޮގްރާމްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮފީގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް އައްޑޫ އަތޮޅު ހިތަދޫގައި މިއަދު، 2017 މާރިޗު 28 ވަނަ ދުވަހު ފަށައިފިއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ މިތަމްރީން ޕްރޮގްރާމްގައި އައްޑޫ ގޮފީގައި މަސައްކަތްކުރާ 5 ޕްރޮސިކިއުޓަރުން ބައިވެރިވެއެވެ. މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 4 މުވައްޒަފަކާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 4 މުވައްޒަފަކުވެސް މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭނީ އެޓަރނީ ޖެނެރަލްގެ އޮފީހާ ޔޫއެންޑީޕީ އާއި ގުޅިގެން ހިންގި ޓީއޯޓީން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއި، އެޕްރޮގްރާމްގެ ދަށުން ޓީއޯޓީންގެ ގޮތުގައި ތަމްރީންވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނެވެ. މިޕްރޮގްރާމް ނިމޭނީ 2017 މާރިޗު 30 ވަނަ ދުވަހުއެވެ.