• 1442 ރަމަޟާން މަހު އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މިއޮފީހުން ދެމުންގެންދާ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ

މިއޮފީހުން ދެމުންގެންދާ ޚިދުމަތްތައް 1442 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯރުކޮށް ދިނުމަށް ހަމަޖައްސާފައިވަނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އަދި އޮފީހަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް އޮފީހަށް ހާޒިރުވެ ހުށަހެޅުމުގެ ބަދަލުގައި pgoffice@pgoffice.gov.mv އަށް އީމެއިލްކޮށްދެއްވުން އެދެމެވެ. އަދި ކުށުގެ ރެކޯޑު ސާފުކުރުމަށްޓަކައި ކުށުގެ ރެކޯޑް ފޯމާއި، އައިޑީ ކާޑުގެ ކޮޕީ criminalrecord@pgoffice.gov.mv އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދުނީ 2008 އޮގަސްޓު 07 ވަނަ ދުވަހު ތަޞްދީޤްކުރި ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނާންވާނޭކަމަށް ބަޔާންކޮށްފައިވުމާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައިވާ ގޮތުގެ މަތީންނެވެ.ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީންކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނެފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައްކަމަށް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމެވެ.

އިތުރަށް ވިދާޅުވުމަށް

ފަހުގެ ފޮޓޯ ގެލަރީތައް